ޯމޯލްޑިވިއަން އިން ކޮޗިންއަށް ދަތުރުކުރާ ފަރާތްތަކަށް މިހާރު އެއާޕޯޓުން ޑޮލަރު ލިބޭނެ!
ދިވެހިރާއްޖޭގެ ގައުމީ އެއާލައިންކަމުގައިވާ "މޯލްޑިވިއަން" މެދުވެރިކޮށް ކޮޗިންއަށް ދަތުރުކުރާ ފަރާތްތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެގޮތް ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މޯލްޑިވިއަންއިން ކުރި ޓްވީޓެއްގައެވެ.
މޯލްޑިވިއަންއިން ބުނީ މޯލްޑިވިއަންއިން މާލޭން ކޮޗިންއަށް ދަތުރުކުރާ ޕަސިންޖަރުންނަށް ބޭރު ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ބީ.އެމް.އެލްއިން ދޫކުރާ ޑޮލަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް އެރައިވަލްގައި ހުންނަ ބީ.އެމް.އެލްގެ އެކްސްޗޭންޖު ކައުންޓަރުން ލިބިވަޑައިގަންނަވާނެކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވެލާާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގައި ހުރި އިންޓަރނޭޝަނަލް އެއާޕޯޓުތަކުގެ ތެރެއިން ފުރާ ފަރާތްތަކަށް ޑޮލަރު ދޫކުރާ ހަމައެކަނި އެއާޕޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް