ދެނަމާދު ދޭތެރޭ ތަގުރީރުކުރުމުން މައްސަލައެއް ނެތް: ފަލާހު
ދެނަމާދު ދޭތެރޭގައި މަޖިލިސް އޮތުމުން އެއްވެސް ދައްޗެއް ނުވާނެކަމަށް އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެެއެވެ.
ފަލާހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ނަމާދު ދޭތެރޭގައި މަޖިލިސް އޮތުމުން އެއްވެސް ދައްޗެއް ނުވާނެކަމަށާއި މަޖިލިސް ތެރޭގައިވެސް ނަމާދު ކުރަން މިސްކިތެއް ހުންނަ ކަމަށެެވެ.
އެބޭފުޅާ ވަނީ ކޮންމެ ކަމެއް ސިޔާސީ ނުކުރުމަށްވެސް އެދިފައެވެ.
ބެލެވޭ ގޮތުގައި ފަލާހު މި ޓްވީޓްގައި އިޝާރާތްކުރައްވާފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ބާއްވާ ޚާއްސަ ޖަލްސާ، މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދެމެދުގައި ބާއްވާތީ، ގިނަބަޔަކު އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން ދާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް