މޫސުން ގޯސްވުމުގެ ސަބަބުން މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން ފަސްކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން، މޫސުން ގޯސްވުމުން ފަސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވާ ޝަރަފުގެ ހިނގާލުން ފަށަން އޮތީ، މިއަދު ހަވީރު 16:15 ގައި ބަންޑާރަކޮށިންނެވެ.
އެހެން ނަމަވެސް، އެމްއެންޑީއެފް އިން މިއަދު އެކްގައި ކުރި ޕޯސްޓެއްގައި ވަނިީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކުރެވިފައިވާކަން އަންގާފައެވެ.
މިނިވަން ދުވަސް ފާހަގަ ކުރަން މިއަހަރު ކުރިއަށް ގެންދަން ރާވާފައި އޮތީ ޝަރަފުގެ ހިނގާލުމުގެ އިތުރުން މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ އެކަންޏެވެ. ޝަރަފުގެ ހިނގާލުން ކެންސަލް ކުރިނަމަވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ޝިއާރުގެ ގޮތުގައި ރައީސް ޑރ.މުޢިއްޒު ކަނޑައަޅުއްވާފައިވަނީ "ދިވެހިންގެ އަމިއްލަ ވަންތަކަން، ދިވެހިންގެ މިނިވަންކަން،" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް