ޕްރައިމެރީން ބަލިވިކަމުގައި ވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ
ޕާޓީތަކުގެ ޕްރައިމަރީއިން ބަލިވާ ފަރާތްތަކަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުނުކުރެވޭނެ ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާ ބާތިލްކޮށް އެފަދަ ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ސުޕްރީމްކޯޓުގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މެންބަރަކު ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަނަށް ހުށަހަޅައިފިނަމަ، ކޮމިޝަނުން އެމީހެއްގެ ކެންޑިޑެންސީ ބާތިލް ކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށެވެ.
މިފުރުސަތަކީ ހަމައެކަނި ޕްރައިމަރީއެއްގައި ވާދަކޮށް ނާކާމިޔާބު ފަރާތްތަކަށް އެކަނި ހުޅުވާލަން ޖެހޭ ފުރުސަތެއްކަން ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.
މިއަދުގެ ހުކުމް ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ވައްދާފައިވަނީ އެމްޑީޕީގެ ޕްރައިމެރީގައި ނާކާމިޔާބުވި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް