ގަހެއްގެ ގޮފިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ
މާލޭގެ މަގުމަތީގައި ސައިކަލް ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް ގަހެއްގެ ގޮފިގަނޑު ވެއްޓި އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ހުރަވީ ބިލްޑިންގް ސަރަހައްދުގައެވެ. އެސަރަހައްދަކީ އާންމު ގޮތެއްގައި ވައިގަދަވުމުން ގަސްތަކުގެ ގޮފިގަނޑު ވެއްޓޭ ސަރަހައްދެކެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މިހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން ވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް