ފިޔަލުގެ އަގު އަތްނުފޯރާފަށައް: އެސްޓީއޯގެ ހަރުގަނޑުތައްވެސް ހުސްވެއްޖެ!
ރާއްޖޭގެ ބާޒާރުގައި ފިޔަލުގެ އަގު އަތްނުފޯރާފަށަށް އުފުލިއްޖެއެވެ.
މިޔާ ބަސްތާއެއްގެ އަގު 1000ރ އަށް އުފުލިފައިވާއިރު ސަރުކާރުން މިހާތަނަށް ބުނަމުންއައީ ފިޔާލިބުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިނުވާކަމަށެވެ.
ފިޔާގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިމިވަނީ ފިޔާ ރާއްޖެ އެންމެ ގިނައިން އެތެރެކުރާ އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، އެގައުމުން ފިޔާ އެކްސްޕޯޓު ކުރާ މިންވަރު ކޮންޓްރޯލް ކޮށްފައިވާތީ އެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓްރީއިން މީގެ ކުރިން ބުނެފައި ވަނީ، ފިޔާ އެކްސްޕޯޓު ކުރުން މަދުކުރި ނަމަވެސް، ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް