އާންމުންނާއި އެކު ދަތުރުކުރަމުންދިޔަ ފުލުހުންގެ ލޯންޗެއް ފަރަށް އަރައިފި
ސްކޫލް ކުދިންތަކަކާއި އެ ކުދިންގެ މުދައްރިސުންނާއި އެކު ދަތުރުކުރަމުންދިޔަ ފުލުހުންގެ ލޯންޗެއް ފަރަށް އަރައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލެއިން ފުރައިގެން ކ.ކާށިދޫއަށް ސްކޫލް ކުދިންތަކަކާއި ޓީޗަރުން، އަންނަނިކޮށެވެ.
މި ލޯންޗް ފަރަށް އަރާފައިވަނީ ކާށިދޫ ކައިރިންނެވެ.
މި ލޯންޗް ފަރަށް އެރުމާއި އެކު ޑީއާރްޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކާނަލް މުހައްމަދު ނަޝީދު ދެއްވި ލޯންޗެއްގައި ހުރިހާ ފަރާތްތައް ވަނީ ސަލާމަތުން ކާށިދޫއަށް ގެންދެވިފައެވެ.
މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް