އިންޑިޔާގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިންޑިއާ އައު ސަފީރު ޖީ. ބަލަސުބްރަމަނިއަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
އައު ސަފީރު ޖުމްހޫރީ މައިދާނުން ރައީސް އޮފީހަށް ވަޑައިގަތީ ހަތްކޮޅު ގައެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސަފީރު ކަމުގެ ފަތްކޮޅު ހުށަހެޅުއްވުމުން، ރައީސުލްޖުމްހޫރިއްޔާ އެ ލިޔުން ބަލައިގަނެ، އިންޑިއާގެ އައު ސަފީރަށް މަރުޙަބާ ދެންނެވިއެވެ.
ފަތްކޮޅު އެރުއްވުމަށް ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރުގެ ސަލާމް ރައްދުކުރައްވާފައެވެ.
މީގެއިތުރުން، ދެ ޤައުމުގެ ތަރައްޤީގެ މަޝްރޫޢު ތަކުގައި އެއްބާރުލުން ދިނުމާއި، ދިވެހިރާއްޖޭގައި އިންޑިއާ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އެކި ދާއިރާތަކުގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް