ޝައިމް ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ!
ގެއްލިގެން ހޯދަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ޝައިމް އަބްދުﷲ ގެއްލުނީ ކުޑަކުދިން ހިޔާގައި ހުއްޓާ ކަމަށް ހާމަވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ކޯޓު އަމުރަކުން ވަނީ އެކަން ޔަގީންވެފައެވެ. އެ ކޯޓު އަމުރަކީ ޝައިމް ހުރިތޯ ގެއެއް ބަލާފާސްކުރުމަށް ނެރުނު އަމުރެކެވެ.
އެ އަމުރުގެ ބަލާފާސްކުރަން ބޭނުންވާ ސަބަބެއްކަމުގައި ބުނެފައިވަނީ 2019ޖޫން 18ވަނަ ދުވަހުގެ 09:29ހާއިރު، ކުޑަކުދިންގެ ހިޔާާއިން މާލެ/ ދަފްތަރު ނަންބަރު: 2997، ޝައިމް އަބްދުﷲ ފިލައިގެން ގޮސްފައިވާ މައްސަލަ ކަމަށެވެ.
މީގެކުރިން ފުލުހުންނާއި ޖެންޑާއިންވެސް ޝައިމް ފިލީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިންކަން ބުނެފައެއް ނުވެއެވެ.
އެ މިނިސްޓްރީގެ މީޑިޔާ ގްރޫޕްގައި ނޫސްވެރިން އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން މިނިސްޓްރީން ވަނީ އެއީ ކުޑަކުދިންގެ ހިޔާއާއި އެއް ކޮންޕައުންޑެއްގައި ހުންނަ އަމާން ހިޔާއިން ގެއްލުނު ކުއްޖެއްކަމަށް ބުނެފައެވެ. އަދި ޝައިމް ގެއްލުނީ އެސެސްމަންޓެއް ހެދުމަށް އެތަނުގައި ހުއްޓާކަމަށް ބުންްޏެވެ.
ނަމަވެސް ކޯޓު އަމުރުގައި ބުނެފައިވަނީ ޝައިމް ގެއްލުނީ ކުޑަކުދިންގެ ހިޔާއިން ކަމަށެވެ.
މީގެ ކުރިންވެސް ދޭތެރެއިން ކުޑަކުދިންގެ ހިޔާއިން ކުދިން ފިލައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް