ސްޓެލްކޯ ޓަވަރަކުން ޒުވާނަކު ވެއްޓި މަރުވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސްޓެލްކޯ ޓަވަރަކުން ޒުވާނަކު ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސްޓެލްކޯ ޓަވަރު ސީ ޓަވަރު ބިއްދޮށު ފަޅިއަށް ޒުވާނަކު ވެއްޓިފައި އޮއްވާ ފެނިފައިވާކަމަށެވެ. ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު ސަރަހައްދު އޮތީ ބަންދުކޮށްފައެވެ.
ފުލުހުން ބުނީ ވެއްޓިފައި އޮއްވާ ފެނިފައިވަނީ ހ. ގިނިރާހިއާގެ، އުމުރުން 31 އަހަރުގެ އިބްރާހީމް ޝަރަފް ކަމަށެވެ. އޭނާ ވެއްޓިފައިވަނީ 9 ވަނަ ފަންގިފިލައިންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ޝަރަފް ވެއްޓުނު ގަޑިއެއް އަދި އެކަމާގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް