މާރުކޭޓް ސަރަހައްދުގައި މާރާމާރީއެއް; އެކަކަށް އަނިޔާ, އެކަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލެ، މަސް މާރުކޭޓު ސަރަހައްދުގައި މިރޭ ހިނގި މާރާމާރީގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މާރާމާރީގެ ރިޕޯޓް ލިބުނީ މިރޭ 10:08 އެހައިކަންހާއިރު އެވެ.
މާރާމާރީގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވީ ދިވެހި ފިރިހެނަކަށެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ފުލުހުން ބުނީ މާރާމާރީގެ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް