ހުޅުމާލޭގެ ބީޗް ވޮލީބޯޅަ މުބާރާތް ފަށައިފި
އެޗްޑީސީގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބާއްވާ ބީޗް ވޮލީބޯޅަ މުބާރާތް ރޭ ފަށައިފިއެވެ.
ރޭ އޮތް ރަސްމިއްޔާތެއްގައި މި މުބާރާތް ފައްޓަވައިދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. ނިޔާޒުގެ އަރިހުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދާއި އެޗްޑީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މުބާރާތުގައި ރޭ ވަނީ ހަތަރު މެޗް ކުޅެވިފައެވެ.
މި މުބާރާތުގައި ދެ ޖިންސެއްގެ ކުޅުންތެރިން ބައިވެރިވާނެއެވެ. އެއީ ފިރިހެން 13 ޓީމާއި އަންހެން އެގާރަ ޓީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް