ރަހަފްއަކީ އދ.ގެ ރެފިއުޖީއެއްގޮތަށް ކަނޑައަޅައިފި
އާއިލާގެ އަނިޔާތަކަށް ކެތްނުކުރެވިގެން ފިލައިގެން ގޮސް އޮސްޓްރޭލިޔާއަށް ދިޔުމަށްޓަކައި ތައިލޭންޑްއަށް ދިޔަ ސައުދީ އަރަބިއްޔާގެ ޒުވާން އަންހެންކުއްޖާ، ރަހަފްއަށް އދ. އިން ރެފިއުޖީއެއްގެ ހިމާޔަތްދީފިއެވެ.
ރަހަފްއަށް ރެފިއުޖީއެއްގެ ދަރަޖަދިންކަން އދ.އަދި ރަހަފްގެ ފަރާތުންވެސް ވަނީ ޔަގީންކޮށްދީފައެވެ.
ރަހަފްވަނީ އޭނާ އިނގިރޭސިވިލާތް، އެމެރިކާ ނުވަތަ އޮސްޓްރޭލިޔާއިން އޭނާއަށް ހިމާޔަތްދިނުމަށް އެދިފައެވެ. އޭނާއަށް ހިމާޔަތް ދިނުމާއި ބެހޭ ކަރުދާސްތައް އދ.އިން ވަނީ އޮސްޓްރޭލިޔާގެ ކަމާއިބެހޭ ފަރާތްތަކަށް ހުށައަޅާފައެވެ.
ރަހަފް ތައިލޭންޑްއަށް ދިޔައީ އާއިލާއާއި އެކު ކުވެއިތުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ފިލައިގެންނެވެ.
ރަހަފްގެ އާއިލާއަށް އޭނާ ފިލިއިރު، ރަހަފްގެ ނުގަބޫލުން މީހަކާއި ދެވުމުގެ މަސައްކަތް އޭނާގެ އާއިލާއިން ދިޔައީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް