ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ
ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މަރުވެފައިވަނީ ވެލިދޫ އައިލެންޑް ރިސޯޓުން ޑައިވިންނަށް ދިޔަ ފަތުރުވެރިއެއް ކަމަށެވެ. އެއީ އުމުރުން 69 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ޑައިވިން އަށް ގޮސްއުޅުމުގެ ތެރޭގައި ހާލުދެރަވެގެން އެމީހާއަށް ބޮޑުފޮޅަދޫ ހެލްތު ސެންޓަރުގައި ފަރުވާ ދެވިފައިވާ ކަމަށާއި، އަދި އިތުރު ފަރުވާ އަށް އައިޖީއެމްއެޗަށް ގެނައި އިރުވެސް އޭނާ މަރުވެފައިވާކަމަށެވެ.
ފަތުރުވެރިޔާ މަރުވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެދުނު ދިހަގަޑި ތިރީސް އަށެއް ހާއިރު ކަމަށާއި، އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް ސީ އެމްބިއުލާންސްގައި ފުރާފައިވަނީ މިއަދު މެންދުރު ބާރާގަޑި ސާޅީސް ހައެއް ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް