ށ. ފުނަދޫގައި ހަދާ ޑޮމެސްޓިކް އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިމިއްޖެ
ށ. ފުނަދޫގައި ހަދާ ޑޮމެސްޓިކް އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހް ވިދާޅުވީ ފުނަދޫ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީ ވޭގެ ހުރިހާ މަސައްކަތް ނިމި ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
21 ހެކްޓަރުގެ ބިން ހިއްކައިގެން 1،200 މީޓަރުގެ ރަންވޭ ހެދުމަށް ގާތްގަނޑަކަށް 50 މިލިއަން ރުފިޔާގެ ހަރަދުވެފައިވެއެވެ.
އެއާރޕޯޓްސްގެ ރަންވޭގެ މަސައްކަތް ނިމިފައުވާއިރު އެ އެއާރޕޯޓްގެ ޓާމިނަލް ހެދުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ށ. އަތޮޅުގައި އެއާރޕޯޓެއް އޮތުމަކީ އެ އަތޮޅުގެ ރައްޔިތުންގެ އުއްމީދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް