ފުލުސް އޮޕަރޭޝަނަކާއި ގުޅިގެން އެކި ސަރަހައްދުތައް ބަންދު ކުރެވޭނެ: ފުލުހުން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެކަން ހާމަކޮށް ޕޯސްޓެއް ވަނީ ކޮށްފަ އެވެ. ފުލުހުން ބުނީ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދޭ ކަމަށާ އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން މިފަދަ އޮޕަރޭޝަނެއް މި ފެށީ މިރޭ އެމްޑީޕީން ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް