ސްޓެލްކޯ މުވައްޒަފަކަށް ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސްޓެލްކޯގެ މުވައްޒަކަފަށް ހަމަލާދިންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ށ. ބިލެއްފަހީ، ޗަންބޭލީގޭ، އިބްރާހިމް ޒާލިފް (37 އަހަރު) އެވެ.
ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ފޭސް 2، ރީތިގަސްމަގު ބްރިޖު ކައިރީ ހުރި، ގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީ ވައްކަން ކުރަން މަސައްކަތްކުރި މީހަކު، އެކަން ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ރޭ 21:43 އެހާ ކަންހާއިރު އިބްރާހީމް ޒާލިފް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް