ޢަލީ ރަމީޒު އައު ޖަމިއްޔާއެއް އުފައްދައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވެ އުޅުމަށްފަހު، ކުއްލި ގޮތަކަށް އެ ޖަމިއްޔާއިން ވަކިވި، ޢަލީ ރަމީޒު އައު ދީނީ ޖަމިއްޔާއެއް އުފައްދައިފިއެވެ. އައު ޖަމިއްޔާއަށް ކިޔާފައިވާ ނަމަކީ ”މަންފާ“ އެވެ.
މިކަން ހާމަކޮށް އަލީ ރަމީޒު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ، މަންފާ ޖަމިއްޔާގެ މަޤްޞަދަކީ އިސްލާމްދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދިނުމާއި، އިސްލާމީ ދަންމަރު ދިވެހިރާއްޖޭގައި ނެގެހެއްޓުން ކަމަށެވެ.
އަދި ހަމައެހެންމެ، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުން ކަމަށްވެސް ބުނެފައިވެއެވެ.
ސަލަފުގެ ހިންގާ ކޮމެޓީގެ އަށްވަނަ ދައުރު ފެށިފައި ވަނިކޮށް، އެ ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރުގެ މަގާމުގައި ވެސް ހުރި އަލީ ރަމީޒު އެ ޖަމިއްޔާއިން ވަކިވެފައިވާކަން ހާމަކުރީ ނިމިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ނަމަވެސް ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ސަލަފުން ހިންގި ވަރަށް ގިނަ ހަރަކާތްތަކުގައި އަލީ ރަމީޒުގެ މުހިންމު ދައުރެއް އޮތް އިރު، އަލީ ރަމީޒަކީ 2006 ވަނަ އަހަރު އެ ޖަމިއްޔާ އުފެއްދުމުގައި ވެސް އެންމެ އިސްކޮށް އުޅުން އެއް ފަރާތްކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް