މާލޭގެ ގިނަ އަދަދެއްގެ ރަށްވެހިން ވަނީ ގެދޮރު ގެއްލިފަ: މޭޔަރ ޝިފާ
މާލޭގެ ގިނަ އަދަދެއްގެ ރަށްވެރިން ގެދޮރު ގެއްލި މަގުމަތިވެފައިވާކަމަށް ކަމަށް މާލެސިޓީ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގެ ގިނަ އަދަދެއްގެ ރަށްވެހިން ގެދޮރު ގެއްލި މަގުމަތިވެފައިވާކަމަށެވެ. އަދި ހާލަތު ހުންނަ ގޮތުން ވަކީލުން ހޯދުމުގެ ދަތިކަން ބޮޑުކަމަށާއި، ބިކަވެ ހާލުގައި ޖެހުމުން ވަކީލުންނަށް ދޭނެ ފައިސާއެއްވެސް ނުހުންނަ ކަމަށް ޝިފާ ވިދާޅުވެފައިވެއެވެ. އަދި މައިންބަފައިންގެ މުދާ ބައެއް ފަހަރު މުޅިން އެހެން ބައެއްގެ އަތްމައްޗަށް ދާކަމަށްވެސް ޝިފާ ބުނެފައިވެއެވެ.
މާލޭގެ ގިނަ ރައްޔިތުން ގެދޮރު ގެއްލި މަގުމަތިވެފައިވާކަމަށް ޝިފާ ވިދާޅުވެފައިވާއިރު، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ ޚާއްސަ ޕްރޮޖެކްޓެއް ފައްޓަވާނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކުރައްވާފައެވެ.
އަތޮޅުތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން މާލޭގައި ދިރިއުޅެމުން އަންނަ އިރު އެމީހުން އުޅެމުން އަންނީ މާލޭގެ ގެދޮރު ހުންނަ މީހުންގެ އަތުން ބޮޑު އަގުގައި ކުއްޔަށް ކަން ވެސް ފާހަގަކޮށްލެވެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނައިރު ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އޮތް މައްސަލައެއް ކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް