45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ކ އަތޮޅުން އިން އައްޑު އަތޮޅަށް ހުދު ސަމާލު ނެރެފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑު އަތޮޅަށެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 9:30 އިން ހަވީރު 15:30 އަށެވެ.
މެޓް އޮފީހުން ބުނީ އެވަގުތު ތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު އެކި ހިސާބުތަކަށް އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި ކަނޑުތައްވެސް ގަދަވެފައިވާއިރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދޭތެރެއިން މޫސުން ގޯސްވެ، ވިއްސާރަ ވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް