އަންހެނަކާއި ފޮށުނު މީހާއާއި ދެކޮޅަށް ދައުވާކޮށްފި
މާލޭގެ މަގުމަތިން އަންހެނަކާއި ފޮށުނު މީހާގެ މައްޗަށް ދައުވާ އުުފުލުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން އެ މައްސަލާގައި ދައުވާ ކުރީ ގ. އެއްތެޔޮމާގޭ، އަބްދުލް ޣަނީ އިސްމާއީލްގެ މައްޗަށެވެ. އޭނާއާ ދެކޮޅަށް ދައުވާ އުފުލީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުންނެވެ.
އޭނާގެ މައްޗަށްވަނީ ތިން ދައުވާާއެއް އުފުލާފައެވެ.
އެ ދައުވާތަކަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލު ކުރުމުގެ ދައުވާ އާއި، އާއްމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ އަދި ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އެވެ.
އެމީހާގެ މައްޗަށް އެކުށް ސާބިތުވެއްޖެ ނުވަ ދުވަހާއި ތިން މަހާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް