ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ޓެކްސީން ޖެއްސުމުން ޖަލު ހުކުމެއް
މާލޭގެ މަގެއްގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޓެކްސީ އަކުން ޖެއްސިކަން ސާބިތުވި ޓެކްސީ ޑްރައިވަރަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ހދ. ނޭކުރެންދޫ ޖަންބުމާގެ މުހައްމަދު ހުމާމްގެ މައްޗަށް ކުރި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެ އޭނާ ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް އެ ހުކުމަށް ކަނޑައެޅިފައިވާ ޖަލަށް ލުމުގެ އަދަބު ވަނީ 21،600 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ބަދަލުކޮށްފައެވެ.
ހުމާމްގެ މައްޗަށް މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލާފައި ވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މާލޭގައި އޭނާ ދުއްވާފައި ދިޔަ ޓެކްސީން ޖައްސައި ސައިކަލެއްގެ ހެޑްލައިޓް ކަވަރު ހަލާކުކޮށްފައިވާތީއެވެ. ޝަރީޢަތުގެ މަޖިލީހުގައި ހުމާމު ވަނީ ކުށަށް އިޢްތިރާފްވެފައެވެ.
ކްރިމިނަލް ކޯޓުން ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އިއްވި ހުކުމްގައި ވަނީ ޖޫރިމަނާ ފައިސާ 1 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް