N/A
N/A
ހަބަރު 03 Oct 2026 | 08:14

ގޭމްބްލިންގގެ ވަބާގައި ޖެހި، ދިރިއުޅުން ހަލާކުވެގެންދިޔަ ހިތްދަތި ވާހަކަ ދިވެހި ޒުވާނެއްގެ ދުލުން

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދިރިއުޅުމުގައި މަޖަލަކަށް ނުވަތަ ފަސޭހައިން ފައިސާ ހޯދުމުގެ ބޭނުމުގައި ކުރެވޭ ބައެއް ކަންކަމަކީ މުޅި އުމުރަށް އޭގެ ހިތި އުފުލަންޖެހޭ ފަދަ ނުރައްކާތެރި ކަންކަމެވެ. އެގޮތުން، މިފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އާންމުވަމުންދާ ޖުވާކުޅުން (ގޭމްބްލިންގް) ގެ ސަބަބުން ދިރިއުޅުން އެފުށްމިފުށަށް ޖެހި، ހުރިހާ އުފަލަކުން މަހްރޫމްވި ދިވެހި ޒުވާނަކު މިވަނީ އޭނާގެ ހިތްދަތި ވާހަކަތައް މުޅި މުޖުތަމަޢާ ހިއްސާކޮށްފައެވެ. އޭނާގެ މަޤްޞަދަކީ ކުށުގެ ބަދަލު ދިނުމާއި، އޭނާގެ ތަޖުރިބާއިން އެހެން ޒުވާނުންނަށް ޢިބުރަތެއް ހޯދައިދިނުމެވެ.

ހިތާމައާއި ލަދުވެތިކަމުން ފުރިގެންވާ ހާލުގައި އެ ޒުވާނާ ހާމަކުރި ގޮތުގައި، އެއްއިރަކު އޭނާއަކީ ވެސް އުފާވެރި، ހަމަޖެހޭ އަދި އުންމީދުން ފުރިގެންވި ދިރިއުޅުމެއް އުޅެމުންދިޔަ މީހެކެވެ. ނަމަވެސް، ޝައިޠާނާގެ ވަސްވާހުގައި ޖެހި، ޖުވާކުޅުމުގެ ނުބައި ވަބާގައި އެންމެ ފުރަތަމަ ޖެހުނީ މަޖަލަކަށެވެ. އެހެންނަމަވެސް، ވަގުތު ފާއިތުވަމުން ދިޔަވަރަކަށް މުޅި ދިރިއުޅުން އެ އަނދިރި އަނދަވަޅުގެ ތެރެއަށް ގެނބި، ވިސްނުމާއި ސިކުނޑި ހަލާކުވެ، އިންތިހާ ދަރަޖައިގެ ޑިޕްރެޝަނަކަށް ވެއްޓި އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ކެނޑިގެން ދިޔައެވެ.

މި ނުބައި ޢަމަލުގެ ސަބަބުން އޭނާގެ ކައިވެނި ރޫޅި، އިތުބާރުކުރި އެންމެހައި އެކުވެރިންނާއި ހެޔޮއެދޭ މީހުން ގެއްލި މުޅިން އެކަނިވެރިވިއެވެ. ޖުވާ ކުޅެގެން އެތައް މިލިއަން ރުފިޔާއެއް ލިބުނު ނަމަވެސް، އެއަށްވުރެ އެތައް ގުނައެއް އިތުރަށް ގެއްލި، މުޅިން ބަނގުރޫޓުވެ، އެތައް ބަޔަކަށް ބޮޑެތި ޢަދަދުތަކުން ދަރަނިވެރިވާން ޖެހުނެވެ. އެކަކު އަތުން ލޯނު ނަގައިގެން އަނެކަކަށް ދައްކަމުން ދިޔައިރު، ދޮގާއި މަކަރުގެ ދަލެއްގައި އޭނާ ތާށިވެގެން ދިޔައެވެ.

މިއަދު އޭނާގެ ހާލަތަކީ، ދަރަނީގެ ސަބަބުން އަންނަ އިންޒާރުތަކާއި ބިރުވެރިކަމާ ހުރެ ކޮޓަރިން ބޭރަށް ނިކުންނަން ވެސް ނުކެރި، ބިރުވެރިކަމެއްގެ ތެރޭގައި ދުވަސްތައް ގުނުމެވެ. ވަޒީފާއަކަށް ދިޔަނަމަވެސް، އެތަނަށް މީހުން ގުޅައި ބިރުދައްކާތީ ހަމަޖެހިގެން މަސައްކަތެއް ކުރެވޭނެ މާޙައުލެއް ވެސް މިއަދު އޭނާއަކަށް ނެތެވެ.

މި ހުރިހާ ކަމެއްގެ ޒިންމާ ފުރިހަމައަށް އަމިއްލަ ބޮލުގައި އަޅައި، އޭނާގެ ސަބަބުން މާލީ އަދި ނަފްސާނީ ގޮތުން އަނިޔާ ލިބުނު ހުރިހާ ފަރާތްތަކުގެ ކިބައިން އޭނާ ވަނީ އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދިފައެވެ. އަދި ބިރުން ފޯނު ނުނަގައި، ފިލައިގެން އުޅެވުނު ކަމަށްޓަކައި ލަދުވެތިވާކަން ހާމަކުރަމުން، الله ގަންދީ ވަޢުދުވީ ކިތަންމެ ދަތި ޙާލުގައި ނަމަވެސް، މަސައްކަތް ކޮށްގެން ހުރިހާ ދަރަންޏެއް އަނބުރާ ދައްކައި ޚަލާޞްކުރާނެ ކަމަށެވެ. އެކަމަށްޓަކައި އޭނާ އެދެނީ އެ ފުރުޞަތާއި ވަގުތު ދިނުމަށެވެ.

ޒުވާނާގެ މި ވާހަކަ ނިންމާލަމުން އޭނާ ވަނީ މުޅި މުޖުތަމަޢަށް، ޚާއްޞަކޮށް ޒުވާނުންނަށް ވަރުގަދަ ނަޞޭޙަތެއް ދީފައެވެ.

"ގޭމްބްލިންގް ނުވަތަ ޖުވާކުޅުމަކީ މީހާގެ ދުނިޔެއާއި އާޚިރަތް ހަލާކުކޮށްލާ ބޮޑު ވަބާއެކެވެ. އެއީ އުފަލެއް ނޫނެވެ؛ އެއީ މުޅި ދިރިއުޅުން އަނދާ އަޅިއަށް ހަދާލާ ވިހައެކެވެ. އެއްވެސް އަޚަކު ނުވަތަ އުޚުތަކު މި ނުބައި މަގަށް ފިޔަވަޅު ނޭޅުމަށް އަޅުގަނޑުގެ ހިތުގެ އަޑިން އެދެމެވެ." ޒުވާނާ ލިޔެފައިވެއެވެ.

ފާފަތަކަށް ތައުބާވެ، ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމަޢަށް އެނބުރި އައުމަށް އޭނާ ކުރާ މަސައްކަތުގައި އެންމެހައި ފަރާތްތަކުގެ މަޢާފާއި ހެޔޮދުޢާއަށް އޭނާ ވަނީ އާދޭހާއެކު އެދިފައެވެ.

ގޭމްބްލިންގ, ނޫނީ ބެޓްކުރުން ނުވަތަ އެނޫންވެސް ނަންނަމުގައި ޖުވާގެ ނުރައްކާތެރި ވަބާ އަދުގެ ޒުވާނުންގެ މެދުގައިވެސް އާއްމުވެފައިވާއިރު، ދީނީ ޢިލްމުވެރިންވެސް އަންނަނީ އެފަދަ ކަންކަމަކީ އިސްލާމްދީން ހުއްދަކުރާ ކަންކަމެއްނޫން ކަން ހާމަކުރައްވައި އެކަމުން ދުރުވެ ތިބުމަށް ތަކުރާރުކޮށް ނަޞޭޙަތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...