މަގޫދޫ ކައުންސިލްގެ އިދާރާއިން ވައްކަންކުރީ ގާޑު ބަނުމަށްފަހު!
ފ.މަގޫދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ގާޑު ބަނުމަށްފަހު އެތަނުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އެ އިދާރާގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ތިޖޫރީ ފަޅާލައި، ފައިސާ ވަގަށް ނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ހުރިހާ ފަރާތްތައްވެސް ހައްޔަރުކޮށްފައިވަނީ މަގޫދޫ ކައިރިން ޑިންގީ އަދި ދޯންޏެއްގައި ދަނިކޮށް ކަނޑުމަތިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23އަހަރާއި 38އަހަރާއި ދެމެދުގެ ފަރާތްތަކެކެވެ.
މި ހުރިހާ ފަރާތްތަކުގެ ބަންދުގެ މުއްދަތަށް ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައެވެ. މި ވައްކަން ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް