ދެމަފިރިންގެ ޕެންޝަން ފައިސާއިން އެކަކު އަނެކަކަށް ހައްޖަށް ދެވޭނެގޮތަށް ހަދަނީ
ދެމަފިރިންގެ ޕެންޝަން ފައިސާއިން އެކަކު އަނެކަކަށް ހައްޖަށް ދެވޭނެގޮތަށް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނައިފަރުގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ފަރުޟު ހައްޖު އަދާކޮށްފައި ހުރި މީހެއްގެ ޕެންޝަން ފައިސާއިން، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތް ހެދުމަށް ގިނަ ބަޔަކު އެމަނިކުފާނުގެ އަރިހުން އެދެމުންދާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ވަނީ ޕެންޝަނުގެ ގާނޫނަށް އިސްލާހު ގެެނެސް ފަރުޟު ހައްޖު އަދާކުރުމަށް ޕެންޝަންގެ ފައިސާ ބޭނުންކުރެވޭނެ ގޮތް ހަދާފައެވެ. މި އިސްލާހު ތަސްދީގު ކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.
ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖަށް ދެވޭނީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް