މަޖިލިސް އިންތިޚާބަށް ބަހައްޓާނީ 501 ވޯޓު ފޮށި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބަހައްޓާނީ 501 ވޯޓު ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް އިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި 144 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ރައްޔިތުން ވޯޓުލާ ފޮށިތަކުގެ އިތުރުން ދަފްތަރާއި އަދި އަތޮޅުތެރޭގެ ރައްޔިތުންނަށް ޚާއްސަ ވޯޓު ފޮށިތަކެވެ.
މިފަހަރުގެ އިންތިޚާބުގައި 33 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާއިރު ސިނާއީ ސަރަހައްދުތަކުގައި 4 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އަދި ޖަލުތަކުގައި ވެސް މިފަހަރުގެ އިންތިޚާބުގައި 5 ވޯޓު ފޮއްޓެއް ބަހައްޓަން ވަނީ ހަމަޖެހިފައެވެ.
އަތޮޅު ތެރޭގެ ރަށްތަކުގައި 357 ވޯޓު ފޮއްޓެއް ބަހައްޓާއިރު ރާއްޖެއިން ބޭރުގައި ބަހައްޓަނީ އަށް ވޯޓު ފޮއްޓެވެ.
އިލެކްޝަންސް އިން ބުނެފައިވާ ގޮތުގައި 393 ކެންޑިޑޭޓުން ވާދަކުރާ މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 264589 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް