ލަންކާއަށް ދިން ހަމަލާއާއި ގުޅިގެން މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
މިއަދު ސްރީލަންކާގެ އެކި ކަންކޮޅުތަކަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މާލޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފިއެވެ.
ފުލުހުންނާއި ސިފައިންނާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް މާލޭގެ އެކި ސަރަހައްދުތައް ބެލެހެއްޓުން އިތުރަށް ވަރުގަދަ ކުރެވިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
މި ހަމަލާއާއި ގުޅިގެން ލަންކާގައި ވަނީ ކާފިޔު އިއުލާންކޮށް، ބައެއް ސޯޝަލް މީޑިޔާތައް ބްލޮކްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް