ކެފޭއެއްގެ ތެރޭގައި އަނބުރައިގަނެގެން ވެއްޓުނުމީހަކު ނިޔާވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާފަންނުކޮޅު ކެފޭއެއްގެ ތެރޭގައި އިންދައި އަނބުރައިގަނެގެން ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، މާފަންނުގައި ހުރި ކެފޭއަކުން މީހަކު އަނބުރައިގަނެ ވެއްޓުމާއެކު ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓެއް ލިބިފައިވާކަމަށެވެ. ފުލުހުން ބުނީ އެމީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށާއި، އެމީހަކީ މ.މޫންޑްރޮޕްސް އުމުރުން 58 އަހަރުގެ އަހުމަދު ޝަރީފް ކަމަށެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ޒެން ބިސްޓްރޯ ކެފޭގައެވެ. އަހުމަދު ޝަރީފް އަނބުރައިގަނެގެން ވެއްޓުނުއިރު އޭނާ އިނީ ޖޫސްތައްޓެއް ބޯންކަމަށް މައުލޫމާތު ލިބެއެވެ.
މިފަހަކަށް އައިސް ކުއްލި މަރުތައް އިތުރުވެފައިވާއިރު، މިދިޔަ ހޮނިހިރުދުވަހުގެރޭ ހެންވޭރު ގެްޓްހައުސްއެއްގެ ފާހާނާއެއްގެ ތެރޭގައިވެސް ނިޔާވެފައި އޮއްވާ މީހަކު ވަނީ ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް