ގަޕޯ ޕާޓީގެ އެންމެ މަތީ މަސްލަހަތު ނަގާލައިފި، ވަގުތުން އިސްތިއުފާދީ: މޫކޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އެޕާޓީގެ އެންމެ މަތީ މަސްލަހަތު ނަގާލައިފި ކަމަށް ވިދާޅުވެ އޭނާ ވަގުތުން އިސްތިއުފާ ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މޫސާ އަލިމަނިކު (މޫކޭ) ގޮވާލައިފި އެވެ.
އޭނާ މިކަމަށް ގޮވާލީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
މޫކޭ ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހެއްގެ އެކަނި އެއްޗެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އުފާކުރަންވީ ރޭ ގެއްލުވާލީ ޕާޓީގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ.
“އެކަކުވެސް ބާކީ ނުކޮށް ކުރިއަށް ދެވެން އޮއްވަ ގަފޫރަކަސް ކާސިމަކަސް ޕާޓީގެ އާންމު މެމްބަރުން މާޔޫސްކޮށް ރޫޙު މަރާލުމަކީ ވަގުތުން ޗެއާ [ޣަފޫރު] އިސްތިއުފާ ދޭންޖެހޭ ކަމެއް،” މޫކޭގެ ޕޯސްޓްގައި ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް