ތެެލެސީމިޔާގެ ބޭސްތައް އާސަންދައިން ލިބޭނެ!
މާލޭގައި ހުންނަ ތެލެސީމިޔާ ސެންޓަރުން ދޫކުރާ ބޭސް ސިޓީތަަކަށް އާސަންދަ ލިބޭނެގޮތް ހަމަޖައްސައިފިއެވެ.
އާސަންދައިން އާންމުކުރި ސާކިޔުލާއެއްގައި ބުނެފައިވަނީ ސަރުކާރުގެ ސިއްހީ ޚިދުމަތް ދޭ އެހެނިހެން މަރުކަޒުތަކެކޭ އެއްފަަދައިން، ނޭޝަަނަލް ތެލެސީމިޔާ ސެންޓަރުގެ ނަމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ދޫކުރާ ބޭސް ސިޓީތަކަށް 14 އޮކްޓޯބަރުން ފެށިގެން އާސަންދައިގެ ޚިދުމަތް ލިބޭނެކަމަށެވެ.
މީގެ ސަބަބުން ތެލެސީމިޔާ ކުދިންނަަށް އާސަންދައިގެ ވިއުގައިވާ ބޭސް ފިހާރަތަކުން އެކުދިންނަށް ބޭނުންވާ ބޭސްތައް ލުއިފަސޭހަކަމާއިއެކު ލިބުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑް އަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި އުފެއްދި ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް