މިދުއަމް ސައުދު ހުށަހަޅައިދޭ ހައްދުންމަތީގެ ދާއިރާތަކުގެ ޚާއްސަ ބަހުސްއެއް ބާއްވަނި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހައްދުންމަތީގެ ދާއިރާތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ޚާއްސަ ބަހުސްކަމުގައިވާ "ހައްދުންމަތީގެ އަޑު" ހުށައަޅައިދޭ ފަރާތަކަށް މިދުއަމް ސައުދު ހަމަޖައްސައިފިއެވެ.
ހައްދުންމަތީގެ އަޑު އިންތިޒާމްކުރާ ޓީމުން ބުނީ އެ ބަހުސް ހުށައަޅައިދޭ ފަރާތަކަށް މިދުއަމް ހަމަޖެއްސީ ވީހާވެސް އިންސާފުވެރިކަމާއި އެކު އެ ބަހުސް ބޭއްވުމުގެ ނިޔަތުގައި ކަމަށެވެ.
މިދުއަމްއަކީ ދިވެހިރާއްޖޭގެ ސިޔާސީ ކަންކަމާއި ގުޅޭގޮތުން މީގެ ކުރިން ގިނަ ޕްލެޓްފޯމްތަކުގައި ޚިޔާލު ފާޅުކޮށްފައިވާ ފަރާތެކެވެ. އަދި މިދުއަމްއަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު ސަގާފީ އަދި އިގްތިސާދީ ގުުޅުންތައް ބަދަހިކުރުމަށް އުފެދިފައިވާ ޖަމްއިއްޔާ އެއްގެ ނައިބު ރައީސްވެސްމެއެވެ.
މިބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެށޭ އޭޕްރީލް މަހުގެ 1 އަދި 2 ވަނަ ދުވަހުގައެވެ. މި ބަހުސްގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.
މިބަހުސްގައި ބައިވެރިވާން ބޭނުންވާ ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުންގެ ކެންޕެއިން މެނޭޖަރު، 9917874 އަށް ގުޅުއްވުމުން ބަހުސްގައި ބައިވެރި ވެވޭނެކަމަށް އިންތިޒާމީ ޓީމުން މައުލޫމާތުދެއެވެ.
ވީހާވެސް ގިނަ ކެނޑިޑޭޓުން ބަހުސްގައި ބައިވެރި ކުރުމުގެ ގޮތުން މިހާރު ބަހުސްގައި ބައިވެރިވާ ކެނޑިޑޭޓުންނަށް އެފުރުސަތުވަނީ 28 މާރިޗް (ބުރާސްފަތި) ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް