މަޖިލިސް އިންތިޚާބުގައި ރައީސް ޔާމީން ވޯޓެއްނުލައްވާ!
މިއަދު ބޭއްވިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓުނުލައްވައެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ޕީޕީއެމްގެ މެންބަރަކު ވަނީ ރައީސް ޔާމީން ނިންމަވާފައިވަނީ ވޯޓު ނުލައްވަންކަމަށް ވިދާޅުވެފައެެވެ.
އެހެން އެމަނިކުފާނު ނިންމެވިއިރު، އެ ދާއިރާއަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ޖަމީލާ އަލީ ޚާލިދު ވާދަކުރައްވައެވެ.
މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ އިތުރު ކެންޑިޑޭޓުންގެ ތެރޭގައި ޔާމީންއަށް ބޮޑުބޭބެ ވިދާޅުވާ އަހުމަދު ފާރިސް މައުމޫނުވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން މާލޭ ސިޓީގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު) އަދި އެމްޑީީޕީގެ މުހައްމަދު ރަޝީދު (ބޯދިގު) ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް