N/A
N/A
ހަބަރު 08 Apr 2019 | 09:06

ނެއްލައިދޫގައި ދެމަސްވީ އިރުވެސް ހައްލުނުވި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުން ނިކުމެއްޖެ

ހދ ނެއްލައިދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވުމުން ރައްޔިތުން މުޒާހަރާކުރަން ފަށައިފި އެވެ.

ނެއްލައިދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އިލްހާމް "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި ކަރަންޓްގެ މައްސަލަ ކުރިމަތިވާތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި ދުވާލެއްގެ މައްޗައް 11 ވަރަކަށް ފަހަރު ކަރަންޓު ކެނޑޭކަމަށެވެ.. މިކަމުގެ ސަބަބުން ގޭބިސީތަކުގައި ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓޯނިކްސް ސާމާނުވެސް ދަނީ ހަލާކުވަމުންކަން އޭނާ ފާހަގަކުރެއްވެވިއެވެ.

މިއަދު ހެނދުނު ދިހައެއް ޖަހާއެހާއިރު ފެށި މި އިހްތިޖާޖުކުރަމުންދަނީ ފެނަކަ އޮފީސް ސަރަހައްދުގައި އެވެ.

މިމުޒާހަރާ އިންތިޒާމްކުރި އިސްފަރާތަކުން މުޒާހަރާގެ ކުރިން ބުނެފައިވަނީ، "އަޅުގަނޑުމެން މި މުޒާހަރާ މިއަދަށް ލަސްކޮއްފައި ވަނީ ނިމިގެންދިޔަ ރައްޔިތުންގެ މަޖްލިސް އިންތިހާބަށް އެއްވެސް ކަހަލަ ބުރުލެއް އެރިޔަ ނުދޭންވެގެން. މި މުޒާހަރާގެ އަމާޒަކީ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ޔަޤީން ކުރުން. އެއްވެސް ހާލެއްގައި މިއީ ސިޔާސީ ބޭނުމެއް ހާސިލް ކުރުމަށް ބޭއްވޭ މުޒާހަރާއެއް ނޫން. އެތައް ހާސް ރުފިޔާގެ ކަރަންޓު ސާމާނު ހަލާކު ވެއްޖެ. އިރު އިރު ކޮޅުން ކަރަންޓު ކެނޑޭ. ދެމަސްވީ މިހާލެއްގައި އުޅޭތާ. ބޭނުންވަނީ ދިމާވަމުން އަންނަ އަސްލު މައްސަލަ ކަމާބެހޭ ފަރާތަކުން ލިބި، ހައްލުކުރެވޭނެ ތާރީހެއް ލިޔުމުން ލިބުން. ﷲ އިރާދަފުޅުން މިކަން ހާސިލު ކުރުމަށް މިއަދު ގިނަ ރައްޔިތުން ބައިވެރިވާނެ" ކަމަށެވެ.

މި އިހްތިޖާޖުގައި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

އިލްހާމް އިތުރައް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ މިހާރުވެސް ސްކޫލާއި ސިއްހީ މަރުކަޒު ފަދަ މުހިންމުތަންތަނުގައި ކަރަންޓް ނެތް ކަމަށާއި ދަރިވަރުންނަށް ކިޔަވައިދެނީ ކުލާހުން ބޭރުގައި ސްކޫލު ގޯތިތެރޭގައި ކަމަށެވެ. އަދި ކައުންސިލަށް ވެސް މިކަމުގެ ދަތިތައް އިންތިހާއަށް ކުރިމަތިވާކަމަށް އޭނާ ފާހަގަކުރެއްވެވިއެވެ.

މިމައްސަލާގައި ފެނަކާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަށް ގުޅާލުމުން އޭނާ ވަނީ މިއީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް މެޖޯރިޓީ ނުލިބުނު ރަށެއްކަމަށް ވުމުން ސިޔާސީ ކަމެއްގޮތެއް ސިފަކޮށްފައިކަމަށް ކައުންސިލް އިން ވަނީ ހާމަކޮށްފައެވެ.

މިމައްސަލާގައި މިހާތަނަށް ރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ފެނަކައިގެ އިސްފަރާތެއް އައިސްފައި ނުވާކަމަށް ކައުންސިލްގެ ނައިބްރައީސް ފާހަގަކުރެއްވެވިއެވެ.

އެނަކާގެ ޑީއެމްޑީ އިބްރާހިމް ވަހީދް ފޯނަށް ޖަވާބުނުދެއްވާތީ މިމައްސަލަ ވަނީ ސާފުވާގޮތްނުވެފައެވެ.

ނެއްލައިދޫ މުޒާހަރާގެ ބައިވެރިން ހާމަކޮށްފައިވާގޮތުގައި މި މުޒާހަރާ ނިންމާލާނީ އިންޖީނުގެ މައްސަލަ ހައްލުކުރާނެ ތާރީހެއް ލިބުންކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...