ތެލެސީމިއާ ޕޭޝަންޓަކަށް ވަރަށް އަވަހަށް އޯ ޕޮޒިޓިވް ލޭ ބޭނުންވެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އައިޖީއެމްޗްގައި ފަރުވާ ހޯދަމުންދާ ތެލެސީމިއާ ޕޭޝަންޓަކަށް ވަރަށް އަވަހަށް އޯ ޕޮޒިޓިވް ލޭ ބޭނުންވެއްޖެއެވެ.
އެގޮތުން ލޭ ހޯދަމުންދަނީ، މުޙައްމަދު މުސްލިޙް އަބްދުالله ރިފްޢަތަށެވެ.
ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްލިހް އައިޖީއެމްއެޗްގައި އެޑްމިޓް ކުރިތާ މިހާރު ދެ ދުވަސް ވެއްޖެއެވެ.

އަދި އޭނާއަށް ޖުމްލަ 3 ޑޯނަރުން ބޭނުންވާއިރު، ލޭ ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 9930072 ނުވަތަ 9883589 އަށެވެ.
ލޭ ހަދިޔާކުރުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. ލޭ ބޭނުންވާ ބަލިމީހުންނަށް ލޭ ލިބުމަކީ އެފަދަ ބަލިމީހުންނަށް ތަސައްލީއެއް ލިބޭނޭ ވަރަށް މަތިވެރި އިންސާނީ ޚިދުމަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް