ގޮތް ނޭގޭ ގޮތަކަށް މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަަލަނީ
މާލޭގެ ގެސްްޓްހައުސެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހެއްގެ މައްސަލަ ފުލުހުން ބަަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މ. ވިކްޓްރީ ހައުސް ގެސްޓް ހައުސް ގައި އޮތް 24 އަހަރުގެ ފިރިހެނަކު، ހާލުދެރަވަގެން ރޭ ފަތިހު 4:30 ހާއިރު އައިޖީއެމްއެޗަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ
އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ މަރުވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ކަމުގައި ޝައްކު ކުރެވޭ ކަންކަން ހުރުމުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް