މާލޭގައި ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގައި ފޭރުމުގެ މައްސަލައެއްގައި 28 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
އަންހެންމީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އޭނާ 10 ދުވަހަށް ބަންދު ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.
އޭނާގެ ބަންދު އަމުރުގައި ވާގޮތުން، އަންހެން މީހާ ބަންދު ކުރީ މުޖުތަމައުގެެ ސަލާމަތާއި ރައްކާތެރި ކަމަށެވެ.
އަދި އެ އަންހެން މީހާ އާއި ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ގަރީނާ ލިބިފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އެގޮތުން، މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ ހާދިސާ ރިޕޯޓުގެ އިތުރުން ސީސީޓީވީ ކެމެރާގެ ސްނެޕްޝޮޓު ކޯޓަށް ހުށަހަޅާފައިވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަ ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް