މައްޗަންގޮޅީ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މައްޗަންގޮޅީ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގައި ހަބަރު ނެތި މީހަކު އޮތް ކަމުގެ މައުލޫމާތު މިރޭ 12:22 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަަށް ހޮސްޕިޓަލުން ފުލުހުންނަަށް މައުލޫމާތު ދީފައިވާ ކަަމަށް ވެސް ބުންޏެވެ.
މަރުވެފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަަަށް ވެސް ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް