ކޯޓުތަކުގެ ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމައިފި
ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، މުހައްމަދު މޫސާ ކުއްލި ގޮތަކަށް އިއްޔެ ހެނދުނު އަވަހާރަވުމާއި ގުޅިގެން ޝަރުއީ ކޯޓުތަކުގެ ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމަވައިފިއެވެ.
ރާއްޖޭގައި ހުރި ހުރިހާ ކޯޓުތައް މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރަން ނިންމެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީއެވެ.
މުހައްމަދު މޫސާއަކީ 34 އަަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި 29 އަހަރު މެޖިސްޓްރޭޓްކަން ކުރެއްވިއެވެ.
މުހައްމަދު މޫސާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ރ. ކަނދޮޅުދޫ ކަތީބުކަމާއި، ފުލުސް ކޯޓުގެ ކާތިބުކަމާއި މެޖިސްޓްރޭޓްކަން ހިމެނެ އެވެ.
އޭނާ އަވަހާރަވިއިރު އަނތްބަކާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް