އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ރާއްޖެ މިިނިވަންނުވާނެ: އަދުރޭ
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ދިވެހިރާއްޖެ މިނިވަންނުވާނެކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ މި އިންތިހާބްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ ދެން އިތުރަށް ދިވެހިރާއްޖެއޭ ކިޔަން އުޅެގެން ނުވާނެކަމަށާއި، މިނިވަން ބަޔެކޭ ބުނުމުގެ ޖާގައެއްވެސް ދިވެހިންނަށް ނޯންނާނެކަމަށެވެ.
އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ލިބިއްޖެއްޔާ އަޅުގަނޑުމެން ކަރުއަޅާ ރޯން ޖެހޭނެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މި ސަރުކާރުގައި މި ގައުމުގެ މިނިވަންކަން ގެއްލިގެންގޮސް އަޅުގަނޑުމެންގެ އަމިއްލަވަންތަ ކަން އަތުން ބީވެގެންދަމުންދާކަމަށެވެ. އެހެންކަމުން މި ކަންކަން އަލުން އަނބުރާ އިޔާދަކުރުމަށް އޮތް ހަމަ އެކަނި ފުރުސަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ޕީޕީއެމް، ޕީއެންސީ އާއި އަދި ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ދެއްވުންކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް