ބިދޭސީންގެ މާރާމާރީގައި އަނިޔާވީ މިސްރު ދެ މީހަކާއި ބަންގާޅު މީހަކަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވީއައިއޭ ޓާމިނަލް މަސައްކަތުގައި އުޅުނު ބިދޭސީންގެ މެދުގަައި މިއަދު ހިނގި މާރާމާރީ ގައި އަނިޔާވީ ތިން މީހަކަށް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ވީއައިއޭ ޓާމިނަލް ހެދުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވި ކަމަށެވެ. އެ މާރާމާރީގެ ރިޕޯޓް ލިބުނީ ހަވީރު 4:49 ގައި ކަމަށާ މާރާމާރީ ގައި ތިން މީހަކަށް އަނިޔާވި ކަމަށް ވެސް ބުންޏެވެ.
އެއީ މިސްރުގެ ދެ މީހަކާއި ބަންގާޅު މީހެކެވެ.
އެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށް ބުންޏެވެ. އަދި ބުނީ މާރާމާރީ ހިންގީ އެ މީހުންގެ މެދުގައި ހިނގި ދެބަސްވުމަކާއި ގުޅިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް