އިނގުރައިދޫ ގަދަހިފުމަކަށް، ސަޕޯޓަރުން ޓީމާއިއެކު!
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕްގައި ރ.އިނގުރައިދޫގެ ޓީމާއި ބ.އޭދަފުށީގެ ޓީމްގެ ފޯރިގަދަ މެޗެއް މިރޭ އޮންނާނެއެވެ.
ފުޓްސަލްގެ މައިދާނުގައި ރަން ވަނަތަކެއް ހޯދާފައިވާ މި ދެ ޓީމު ބައްދަލުކުރާ މެޗު ގިނަބަޔަކު ސިފަކުރަމުންދަނީ ޗެމްޕިއަނުންގެ ގަދަ ހިފުމެއްގެ ގޮތުގައެވެ.
މިއީ އެ މުބާރާތުގެ ޒޯން ދޭއްގެ މެޗެކެވެ. މި މެޗު އޮންނާނީ މިރޭ 21:15ގައި ހުޅުމާލޭ ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތުގައި ދެޓީމުންވެސް މިހާތަަނަށް ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. މި މެޗު ބަލާލުމަށްޓަކައި އިނގުރައިދޫ ޓީމުގެ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަށް އެޓީމުން ވަނީ އެދިފައެެވެ.
އަދި އެ ސަޕޯޓަރުން މިހާތަނަށް ދައްކަމުންދިޔަ ހިތްވަރަށްވެސް އެފަަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް