އެމްޕީއެލް ކައިރީ ހުންނަ އުސް އިމާރާތަކުން އަންހެނަކު ވެއްޓިއްޖެ
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
އެމްޕީއެލް ކައިރީ ހުންނަ އުސް އިމާރާތަކުން މީހަކު ވެއްޓިއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން އެވަގުތު އެތަނުގައި ހުރި މީހަކު ބުނީ، މީހަކު ވެއްޓިފައިވަނީ އެމްޕީއެލް ކުރިމަތީ ހުންނަ މ.ހަސޯވާ އިމާރާތުންނެވެ. ވެއްޓިފައިވަނީ އަންހެނެއްކަމަށްވެސް އޭނާ ބުންޏެވެ. ބެލެވޭގޮތުގައި އެމީހާ ވެއްޓިފައިވަނީ 9 ވަނަ ފަންގިފިލައިންނެވެ.
އިމާރާތުގެ މަތިންއެމީހާ ވެއްޓުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އެމީހާ ވެއްޓުނު ތަނުގައި ގިނަ އަދަދެއްގެ ލޭވެސް ހުރިކަމަށް ވޮއިސްއަށް މައުލޫމާތު ދިން މީހާ ބުންޏެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޕިކަޕަކަށް ލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް