އެހީގެ މަޝްވަރާއަށް ޝާހިދު ސައުދީއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޝާހިދުގެ އެ ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރ ޑރ އިބްރާހިމް ބިން އަބްދުލްއަޒީޒު އަލް އައްސަފު ގެ އިތުރުން ސައުދީ ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.
އެ ދަތުރުފުޅުގެ ތެރެއިން ސައުދީ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި އަދި ރާއްޖެގެ ތަރައްގީއަށް ސައުދީގެ ފަރާތުން ވެދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައިވެއެވެ
އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން އެ މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް