ރައީސް ޞާލިހު ކައްދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި، އެއަތޮޅު ކައްދުއަށް ވަޑައިގެންފިއެވެ.
ރައީސް އެރަށަށް ވަޑައިގެންނެވުމާއި އެކު އެރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ވަނީ ދަންނަވާފައެވެ.
ހައްދުންމަތީގެ ބައެއް ރަށްތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ލ.ގަމުގައި ޓީ.އެފް.ޖީ.އިން ބާއްވާ މެރެތަން ދުވުން ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، މެރަތަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި އެއަތޮޅުގެބައެއް ކައުންސިލްތަކާއި ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް