ޓްރާންްސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނިޔާވެއްޖެ
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ބާހިޒު ޝަފީޤު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާ ދެމުން ދަނިކޮށެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ބާހިޒު ވަނީ މިދިޔަ ހަފްތާތެރޭ ގޮހޮރުގެ ސާޖަރީއެއް ކޮށްފައެވެ.
އަދި ސާޖަރީއަށް ފަހު ޙާލު ރަނގަޅުވަމުން އައިސް ކުއްލިއަކަށް އިއްޔެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ފަހުން ފަރުވާ ދިނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ބާހިޒަލީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޒުވާނުންގެ ހަރާތްތަކުން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް