ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް، އެއްލައްކައިން ޖޫރިމަނާ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވެ ސ. މީދޫ, އަބްދުލްވައްހާބު އަހްމަދު (59އ) 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
މި މަހުގެ ނުވަވަނަ ދުވަހު ކޯޓުން މި ހުކުމް އިއްވިއިރު އޭނާ 100،000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2021 ޑިސެމްބަރު 1ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ޖަނަވަރީ 13ވަނަ ދުވަހުއެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް