ބަޖެޓުގަ ގްރާންޓުގެ ގޮތުގައި 4 ބިލިއަން ރުފިޔާ އިންޑިއާއިން ހޯދުމަކީ ކަންބޮޑުވުމެއް: ޒިޔަތު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ގްރާންޓުގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ އިންޑިއާއިން ހޯދުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ޒިޔަތު މިހެން ވިދާޅުވީ ރޭ ބޭއްވި ބަޖެޓު ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި ދައުލަތުގެ ދަރަނި 79 ޕަސަންޓަށް އަރާނެއެވެ. އެގޮތުން ބަޖެޓަށް ގްރާންޓުގެ ގޮތުގައި ހޯދާ ފައިސާގެ ބޮޑުބައެއް އިންޑިއާއިން ހޯދަން ބަޖެޓުގައި ހިމަނާފައިވާއިރު އެ ފައިސާ އިންޑިއާއިން ނުލިބިއްޖެނަމަ ދައުލަތުގެ ދަރަނި އަނެއްކާވެސް ބޮޑުވެގެންދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން ވެސް ސަރުކާރަށް ގްރާންޓުގެ ގޮތުގަ ޖަހާފަހުރި ފައިސާ ރިއަލައިޒް ނުވާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވެގެން ދާ މަންޒަރު ފެންނަ ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް