ޓެކްސް ކޮމިޝަނަރުގެ ނައިބަކަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ޑެޕިޔުޓީ ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެއްވުމަށް ނަމެއް ފޮނުއްވާފައި ވަނީ، މިވަގުތު އެ މަގާމުގައި ހުންނެވި ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއުގެ ދައުރު މިދިޔަ މަހުގެ 31 ވަނަ ދުވަހު ހަމަވާތީއެވެ.
އެގޮތުން ރައީ މުޢިއްޒު ފޮނުއްވި ދެ ނަމަކީ، އަމީޒާއާއި މިހާރުވެސް އެ މަގާމުގައި ހުންނެވި އަސްމާގެ ނަމެވެ. މަޖިލީހުން ރުހުން ދިނީ، ރައީސް މުހައްމަދު މުއިއްޒު އިސްކަން ދެއްވި އަމީޒާ އަށެވެ.
އަމީޒާއަށް ރުހުންދޭން ފެންނަ ކަމަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ވަނީ ވޯޓުދެއްވާފައެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މި މަގާމަށް މީހުން އައްޔަންކުރަން އެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް ކުރީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް