ސައިކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
ސައިކަލެއް ވަގަށް ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސައިކަލު ވަގަށް ނެގި މީހާ ހައްޔަރު ކޮށްފައިވަނީ، ވަގަށް ނެގި ސައިކަލުގައި މާލޭގެ މަގުމަތީގައި ދުއްވާފައި ދަނިކޮށް ކަމަށެވެ. އަދި އޭނާ ވަގަށް ނެގި އެހެނިހެން ބައެއް ސާމާނުވެސް އަތުލައިގެންފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސައިކަލު ވަގަށް ނެގި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 38 އަހަރުގެ ފިރިހެނެކެެވެ. ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފޮޓޯ: ފުލުހުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް