ވިއްސާރަޔާއެކު އެރި ކޮޅިގަނޑެއްގައި އައްޑޫ ހަތަރު ގެއެއްގެ ފުރާޅު އެއްލާލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު، ވަޔާ އެއްލާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް އައްޑޫ ސިޓީގެ ހަތަރު ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާ ކަމަށެވެ.
އަދި، އެ ގެތަކަށް ސިފައިން ގޮސް، އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަނީ ހަަރަކާތްތެރިވެފައެވެ.
އެގޮތުން ރޭ 23:20 ހާއިރު ހިތަދޫ އާލިއާ މަންޒިލް، އަދި މިއަދު ހެނދުނު 07:20 ހާއިރު ހިތަދޫ ބިންމާގެއާއި 07:40 ހާއިރު މަރަދޫ އެމަރލްޑް ގޭގެ އަދި 08:00 ހާއިރު މީދޫ މޫންޝެޑޯ ގޭގެ ފުރާޅު އެއްލާލައިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭގޮތުން މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް